މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2024 ޖަނަވަރީ 21 އިން 29 އަށް އެމް.އެން.ޑީ.އެފް އިން ލ. ކައްދޫގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާއިގުޅޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 ޖަނަވަރީ 21 އިން 29 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ލ.ކައްދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ލ.ކައްދޫ ފަޔަރިންގ ރޭންޖްއިން އިރު ދެކުނުން 4700 މީޓަރ ދުރުމިނަށެވެ. އަދި ބަޑީގެ ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

07 ރަޖަބު   1445   

18 ޖަނަވަރީ 2024
ހޯދާ