މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް މުސާވާތު އަދި މަސްޖިދުލް ޖާމިޢު މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

މަސްޖިދުލް މުސާވާތު އަދި މަސްޖިދުލް ޖާމިޢު މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 

  މިރަށު މަސްޖިދުލް މުސާވާތު ފެންޑާގެ ތަޅުން އުސްކުރުމުގެ މަސައްކަތާއި މިސްކިތު ގޯތިތެރޭގެ ވޯކްވޭ، މިއިދާރާއިންދޭ ކުރެހުމަކާއި އެއްގޮތަށް ކުރުމާއި މަސްޖިދުލް ޖާމިޢު ސީލިންގުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 28 ޖެނުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.

 

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

 

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

 

-          މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

 

-          ރަޖިސްޓްރީ ނަމްބަރ

 

-          އީމެއިލް އެޑްރެސް

 

-          ގުޅޭނެ މޯބައިލް ނަމްބަރު

 

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 05 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

އިވެލުލުވޭޝަން ކްރައިޓީރިއާ

 

  • މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތަށް:  ޕޮއިންޓް (އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތުގެ ތަޖުރިބާ: %5 ޕޮއިންޓް (ތަޖުރިބާ ލިޔުމުގެ ގޮތުގައި ބަލާނީ ސަރުކާރުގެ އިދާރާތަކުން މިބާވަތުގެ މަސައްކަތްކުރިކަމަށް އެފަރާތުން ދޫކޮށްފައިވާ 20،000.00 ރުފިޔާއަށްވުރެ އަގުބޮޑު މަސައްކަތްތަކެވެ. އަދި ކޮންމެ ލިޔުމަކަށް 1 ޕޮއިންޓެވެ. މިގޮތުން އެންމެ ގިނައިންދެވޭނީ 5 ޕޮއިންޓެވެ.)

 

            އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 04 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6720508 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

 

18 ޖަނަވަރީ 2024
ހޯދާ