އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

ނީލަން ކިއުން

      ވައިގެ މަގުން ރާއްޖެއަށް  އެތެރެކުރާ މުދާތަކުގެ ތެރެއިން މިކުންފުނީގެ ކާގޯ ޑިޕާޓްމަންޓްގައި ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކުންފުނީގެ އެޑްމިން އޮފީހަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ދައްކާލުންވެސް މިގަޑީގައި އޮންނާނެއެވެ.

ނީލަން ކިއުން އޮންނާނީ  28 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހު 11:00 ގައެވެ.

     ނީލަމުން ނެންގެވި މުދަލުގެ އަގު ނީލަން ނިމެތާ 3 ދުވަސް ތެރޭގައި ދައްކައި ޚަލާސްކޮށް ގެންދަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި މުދަލަށް ހަމަޖެހިފައިވާ އުސޫލުން ޑެމަރޭޖް ޗާޖް ކުރެވޭނެއެވެ. އަދި 07 ދުވަސް ތެރޭގައި ނުގެންގޮސް ހުރިނަމަ ނީލަން ކެންސަލް ވާނެ ވާހަކަ ދަންނަވެމެވެ.   

     ނޯޓް: މިނީލަމުގައި ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބައިވެރިނުވެވޭނެއެވެ. އަދި ކުންފުނީގެ ބޯޑްގެ މެމްބަރުންނާއި މެނޭޖްމަންޓްގެ ބޭފުޅުން، ޑިޕާޓްމަންޓް/ސެކްޝަން ތަކުގެ ވެރިން، އެސިސްޓެންޓް މެނޭޖަރުން އަދި ބޯޑް މެމްބަރުންގެ ޢާއިލާގެ މެމްބަރުންނަށް ބައިވެރިނުވެވޭނެއެވެ.

 

18 ޖެނުއަރީ 2024

 

18 ޖަނަވަރީ 2024
ހޯދާ