އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޕިކް-އަޕް/ޑްރޮޕް-އޮފް ސަރަހައްދަށް ގެނެވިފައިވާ ބަދަލް

އެންގުން

20 ޖަނަވަރީ 2024 އިން ފެށިގެން ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޕިކް-އަޕް/ޑްރޮޕް-އޮފް ސަރަހައްދަށް ގެނެވިފައިވާ ބަދަލާއި ވެހިކަލް ޕާކު ކުރުމަށް ކަނޑައެޅިފައިވާ ވަގުތީ ޕާކިންގ ޒޯންގެ މަޢުލޫމާތު ހިއްސާކުރަމެވެ.

މި ބަދަލު ގެނެވިފައިވަނީ ގަން އެއަރޕޯޓް ރީ-ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް ބުރޫއެރުމެއްނެތި ކުރިޔަށް ގެންދިޔުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ޕާކިންގ އަދި ޕިކް-އަޕް/ޑްރޮޕް-އޮފް ޒޯން ބަންދުކުރުމަށް ހަމަޖެހިފައިވާތީއެވެ. މި ގެނެވުނު ބަދަލު، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި އެވަނީއެވެ.ހުރިހާ ބޭފުޅުންވެސް ޕާކިންގ ޒޯންތަކުގައި ހަރުކުރެވިފައިވާ ސައިންބޯޑުތަކަށް ސަމާލުވެ، ޓްރެފިކް ގަވާއިދުތަކާ އެއްގޮތޮވާގޮތުގެ މަތިން ދަތުރުކުރުމަށް އިލްތިމާސް ކުރަމެވެ.

މި ގެނެވުނު ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި މިކުންފުނިން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މި ޕްރޮޖެކެޓް ކުރިޔަށް ދާއިރު ތިޔަ އެންމެހާ ބޭފުޅުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރުދަންނަވަމެވެ.

               

18 ޖަނަވަރީ 2024
ހޯދާ