ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޕޫލް އިމާމް،މުދިމް)

ވޭޖު އުޞޫލުން މިސްކިތްތަކަށް ވަގުތީ އިމާމުން/މުދިމުންގެ ވަޒީފާ އަށް ހުޅުވާލުން.   

     މި އިދާރާއިން ބަލަހައްޓަމުން ގެންދާ މިރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން، މުދިމުން، އަހަރީ ޗުއްޓީ އާއި ސަލާމާއި، އަދި އާޢިލީ ޒިންމާފަދަ ޗުއްޓީތައް ނެގުމުން ވޭޖު އުޞޫލުން މިސްކިތްތަކުގާ އިމާމު/ މުދިމް ކަން ކުރާނެ މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

އިމާމް/ މުދިމުން                                  

 

މަޤާމުގެ ނަމްބަރ:

-

 

ބޭނުންވާ ޢަދަދު:

04

 

މަޤާމުގެ ގިންތި

ވަގުތީ (ކޮންޓްރެކްޓް)

 

ބޭނުންވާ މުއްދަތު

01 އަހަރު

 

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ/ ހއ. ބާރަށު

 

މަސައްކަތްކުރަންޖެހޭތަން

ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ މިސްކިތްތައް

 

މަޤާމުގެ ޝަރުޠު:

އިމާމު

 

GS3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު،  މުދިމް ކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ

ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން.  ނުވަތަ ދީނީ ދާއިރާ އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ލިބިފައިވުން

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 61.00(ފަސްދޮޅަސް އެކެއް) ރުފިޔާ

 

މުދިމް

GS1

އެސިސްޓެންޓް އޮފިސަރ ގްރޭޑް1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު،އިމާމުވެ ނަމާދު

ކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް

އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިހާނުން ފާސް

ވެފައިވުން.ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

ަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 53.00(ފަންސާސް ތިން) ރުފިޔާ

އިމާމު/ މުދިމުންގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

01 ކައުންސިލުގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ނަމާދު ވަގުތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.

02 މިސްކިތައް ލިބެމުންދާ ގެއްލުންތަކާއި މިސްކިތައް ދަތިވާ ކޮންމެކަމެއް ރަށުކައުންސިލުގެ އިދާރާއަށް އަންގައި ކައުންސިލުގެ އިދާރާގެ ލަފާގެ މަތީން އެކަން ރަނގަޅު ކުރުން.

03 މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާ ވެއްޖެނަމަ އެކަން ރަށު ކައުންސިލުގެ އިދާރާއަށް އަންގައިގެން ރަނގަޅުކުރުމަށް މަސައްކަތްކުރުން.

04 ރަށު ކައުންސިލުގެ އިދާރާއިން އަންގަވައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި ޢީޑު ނަމާދާއި،ހުކުރު ނަމާދުކުރުން.

05 މިސްކިތުގެ މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތްބަލާ ރަށުކައުންސިލް އިދާރާއިން އަންގާގޮތެއްގެ މަތީން އެމީހުން ލައްވާ މަސައްކަތްކުރުވުން.

06 މިސްކިތުގައި ކުރާ ކޭތަނަމާދާއި، ހުކުރުނަމާދާއި ތަރާވީޙު ނަމާދާއި ޢީދުނަމާދަށް މިސްކިތައް ހާޒިރުވެ  އެކަންކަމަށް މިސްކިތްތައްޔާރުކުރުން.

07 ރަމްޟާންމަހު ތަރާވީޙު ނަމާދު އިމާމުވެ ކުރުން.

08 މިސްކިތު މަސައްކަތު މީހާ މިސްކިތައް ހާޟިރު ނުވާ ވަގުތެއްގައިނަމަ މިސްކިތުގެ އިމާމު/ މުދިމް މިސްކިތުގެ އެތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެން ދަމުން ބޮކި ހޮޅިބުރިއާއި، ފަންކާ ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން.

09 މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމުތައް ހިނގާނަމަ އެފަދަ ޕްރޮގްރާމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެއް މިސްކިތުގައި މަޑުކުރުން.

10 މިސްކިތުގެ ގޯތިތެރޭގައި އިންދާފައި ހުންނަ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންކަން މަސައްކަތު މީހުންލައްވާ ކުރުމަށް ބާރުއެޅުން.

11 މިސްކިތާއި ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހާ، އެޝަކުވާތައް ރަށު ކައުންސިލުގެ އިދާރާއަށް ހުށައަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.

12 މިސްކިތުގެ ގޯތިތެރޭގައި ބަހައްޓާފައިހުންނަ ވާރޭފެން އަޅާ ކަޅުހަންތަކަށް ފެންއެޅުމަށް ކައުންސިލުންދޭ ލަފާގެ މަތީން މަސައްކަތުމީހުންލައްވާ އެކަންކަންކުރުމަށް ބާރުއެޅުން.

13 ކައުންސިލުގެ އިދާރާއިން އިންތިޒާމުކުރާގޮތެއްގެ މަތީން ކޮންމެ ނަމާދެގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތުގެ ހާޒިރީގައި ސޮއިކުރުން/

14 މަތީގައިވާ މަސައްކަތްތަކުގެ އިތުރުން ހަވާލުކުރެވޭ ވަޒީފާއާއިގުޅޭ އެހެނިހެން މަސައްކަތްކުރުން.

 

ހުށައަޅަންޖެހޭ ލިޔުންތައް

01 ފުރިހަކުރައްވާފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން، އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

02 ވަޒީފާ އަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

03 މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ރައްޖެ އާއި ރައްޖޭންބޭރުގެ ތަޢުލީމީ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ ނުވަތަ އިމާމުވެ ހުކުރުކުރުމުގެ ހުއްދައިގެ ކޮޕީ.

 

މަޤާމަށްއެދެންވީގޮތާއިސުންގަޑީ:

 

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި  މުއްދަތު:

މި މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2024 ޖެނުއަރީ 29 ވަނަ ދުވަހުގެ 14.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ އެކަންޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

 

މިމަޤާމަށް މީހަކު ހޮވުމަށް ބެއްވޭ އިންޓަވިއު އޮންނާނީ 2024 ފެބުރުއަރީ  06 އާއި 13 އާއި ދެމެދު ހއ. ބާރަށު ކައުންސިލުގެ އިދާރާގައެވެ.

 

 

ޝޯޓް ލިސްޓްކުރުން:

 

 

 

 

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާ އަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކުސް ލިބޭފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ކައުންސިލް އިދާރާ ހުޅުވިފައި ހުންނަ ރަސްމީ ގަޑީގައި 6500175 އަށެވެ.

 

             

 

 

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

07    ރަޖަބް 1445

18 ޖަނަވަރީ 2024
ހޯދާ