ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަމުގައި ރުއްގަސް ވިއްކާލުން

ފެކްޓްރީ ބިން ސަރަހައްދުގައި ފެހި ކުލައިގެ ދަވާދުން ނަންބަރު 1 ން 11 ށް ޖަހާފައިވާ ރުއްތައް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

މި ރުއްތައް ގަންނަން ބޭނުންވާ ފަރާތްތަކުން 2024 ޖަނަވަރީ 28 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަގު އެނގޭނެގޮތަށް ސިޓީއެއް ހިފައިގެން ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ސިޓީ އުރައިގެ ބޭރުގައި "ހުށަހަޅާ ފަރާތުގެ ނަން" އަދި   "ސިޓީލާ ނީލަމުގައި ރުއްގަތުމަށް އެދި" މިފަދައިން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅަން ވަޑައިގަންނަވާއިރު ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ. ނީލަމަށް އެންމެ ކުޑަކޮށް ހުށައެޅޭނެ އަގަކީ -/50 ރުފިޔާއެވެ.

މި ރުއްތައް ކެނޑުމުގެ ސަބަބުން އުފެދޭ ކުނިތައް ގޮނޑަށް އުކާލަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ (ފޯނު ނަންބަރު: 7918933) އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

17 ޖަނަވަރީ 2024
ހޯދާ