މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް 'އައި.ސީ.ޓީ އެންޑް ޑިޖިޓަލް އެގްރިކަލްޗަރ ކޮންސަލްޓަންޓް' އެއް ހޯދުމާއި ގުޅޭ

           ނަންބަރު: MAP/CS/2023/12

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް 'އައި.ސީ.ޓީ އެންޑް ޑިޖިޓަލް އެގްރިކަލްޗަރ ކޮންސަލްޓަންޓް' އެއް ހޯދުމާއި ގުޅޭ

 

 

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީއާއެކު ދިވެހިސަރުކާރުން ހިންގަމުން ގެންދާ  [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (MAP) އަށް އިފާޑުން ފޯރުކޮށްދޭ ފައިސާގެ އެހީގެ ދަށުން، އައި.ސީ.ޓީ އެންޑް ޑިޖިޓަލް އެގްރިކަލްޗަރ ކޮންސަލްޓަންޓެއް ހޯދުމަށްވަނީ ހަމަޖެހިފައިވެއެވެ.

 

ވީމާ، މި ކޮންސަލްޓަންސީ ފޯރުކޮށްދިނުމަށް ޝަރުޠުފުރިހަމަވާ ފަރާތްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން، މި ހިދުމަތަށް ބޭނުންވާ ކޮލިފިކޭޝަން (ފެންވަރު) އާއި ތަޖުރިބާ ހުރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދޭންވާނެއެވެ. އަދި ކަރިކިއުލަމް ވައިޓާ (ސީ.ވީ) ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުވަންވާނެއެވެ.

 

މި ކޮންސަލްޓަންސީއަށް ކުރިމަތިލާ ފަރާތަކަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.

 

ކޮންސަލްޓަންޓް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.

 

ޝޯޓްލިސްޓްކުރެވޭ ކްރައިޓީރިއާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ޓެމްޕްލޭޓްގެ އެނެކްސް 2 ގައި ހިމެނިފައިވާނެއެވެ.

 

"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ނުވަތަ ކްލެރިފައިކުރައްވަން ބޭނުންފުޅުވާނަމަ، އެކަމެއް 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ ކްލެރިފިކޭޝަން ރިކުއެސްޓްތަކަށް 24 ޖަނަވަރީ 2024 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.

 

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033410

އީމެއިލް: [email protected]

 

 

 05 ރަޖަބު 1445

17 ޖަނަވަރީ 2024

17 ޖަނަވަރީ 2024
ހޯދާ