އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ފުޓްބޯޅަދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް:

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫގެ ފުޓްބޯޅަދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައެވެ. އެހެންކަމުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި، ލިޔުން ހަވާލުކޮށްފައި ބަދަލުގައި ފޮނުވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުމާދަލްއާޚިރާ 1436

31 މާރިޗު 2015
ހޯދާ