މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރެއް ހޯދުން

އެއްގަމު އުޅަނދުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރެއް ހޯދުން

        އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ 2 އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މިފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

އެގްޒަމިނަރެއްގެ ޝަރުތުތައް

ހ. މަދުވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން. (ދުއްވުމުގެ ޢަމަލީ ޓެސްޓް ދެވޭނީ އެ އެގްޒަމިނަރަކަށް ލިބިފައިވާ ގިންތީގެ އުޅަނދުތައް ދުއްވުމުގެ ޓެސްޓެވެ.)

ށ. ފާއިތުވި 3 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން.

ނ. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުރެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

ރ. ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސްވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

ބ. ޢުމުރުން 55 އަހަރު ވެފައިވާ މީހެއްކަމުގައިނުވުން.

ޅ. ލައިސަންސް ދޫކުރާ ސެންޓަރެއްގައި ވަޒީފާއަދާކުރާ މީހެއްކަމުގައިނުވުން.

ކ. ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިނުވުން

އުޖޫރަ:

މި މަސައްކަތްކުރުމަށް ކަނޑައެޅޭ ފަރާތްތަކުން ކުރާ ކޮންމެ އިމްތިޙާނަކަށް ކައުންސިލުން ކަނޑައަޅާ އުޖޫރައެއް ދެވޭނެއެވެ.

           ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ އެއްގަމު ލައިސަންސްގެ ކެޓަގަރީތައް އެގިވަޑައިގަންނަވާނެ ލިޔުންތަކާއި އެފަރާތުގެ އައި. ޑީ ކާޑުގެ ފޮޓޯ ކޮޕީ އާއި 03 މަސްނުވާ ޕޮލިސް ރިޕޯޓް އަދި ވަނަވަރާއިއެކު ސިޓީއަކުން 25 ޖެނުއަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޮނުއްވުން އެދެމެވެ. އެގްޒަރމިނަރުން ޢައްޔަން ކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

                        މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

                               06 ރަޖަބު 1445 ހ.

                               17 ޖަނަވަރީ  2024 މ.

17 ޖަނަވަރީ 2024
ހޯދާ