މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

         2024 ވަނަ އަހަރު ދިވެހިބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މި މުބާރާތް ބަހައިލެވިފައިވާ ދެ ބަޔަކީ ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުމުގެ ބައެވެ. މީގެ ތެރެއިން އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތައް/ ޔުނިވަރސިޓީ/ ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ/ އަމިއްލަ ޓީމުތަކުގެ ބަޔަށް ޚާއްޞަކުރެވިފައިވަނީ ބަހުސްކުރުމުގެ ބައެވެ.

         މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ގޫގްލް ފޯމު ފުރިހަމަކުރުމަށްފަހު، 2024 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ. މުބާރާތުގެ އެކި ޢުމުރުފުރާތަކުގެ ބައިވެރިވާން އެދޭ ފޯމުގެ ލިންކުތައް، https://dhivehiacademy.edu.mv/20310 ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، ދިވެހިބަހުގެ އެކެޑަމީންނާއި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 7986230 އިން ލިބިވަޑައިގަންނަވާނެއެވެ.

         މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޖަނަވަރީ 2024
ހޯދާ