އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

ފޯމަން (ދާއިމީ)

މަޤާމުގެ ރޭންކް

އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރައާއި ޢިނާޔަތްތައް

- މުސާރަ: މަހަކު -/3875 ރުފިޔާ 

- ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ / މާލެ، (އެޑްމިން)

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ޝަރުޠު

1- މަޤާމަށް ބޭނުންވާާ ތަމްރީނެއް ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2- މަޤާމުގެ މަސައްކަތު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮަށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މަދަރުސާގެ ގޯތިތެރެއާއި، އިމާރާތާއި، ގޯތިތެރެއާއި އިމާރާތުގައިވާ ތަކެތި ދެނެގަނެ، އެތަންތަނާއި ތަކެތި ބެލެހެއްޓުމުގައި ޒިންމާއުފުލުން.

2. ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.

3. މަދަރުސާގެ އިމާރާތްތަކުގައިވާ ހަލާކުވާ ތަކެތީގެ ތަފުސީލާއި، އިމާރާތުގެ ތަންތަން މަރާމާތްކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތީގެ ތަފުސީލު ހިސާބު، އެޑްމިނިސްޓްރޭޓަރ ނުވަތަ އެއިރަކު އިދާރީ ސެކްޝަން ބަލަހައްޓަވާ އިސްމުވައްޒަފަކަށް ލިޔުމުން ހުށަހެޅުމާއި، މެއިންޓަނަންސް ކަންތައްތައް ބަލަހައްޓާ މީހާއަށް އަންގައިގެން އެކަން ބެލެހެއްޓުން.

4. މަދަރުސާގެ ކަރަންޓާއި، ބޯފެނާއި، މޯޓަރުތަކާއި، މީޓަރުތަކާއި، ސައުންޑް ސިސްޓަމް، ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން.

5. މަދަރުސާގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، ސަޕޯޓް ސްޓާފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއިި، އޮފީހުގެ ނުރަސްމީ ގަޑިތަކުގައި ސްކޫލުގައި ހިންގާ އެކިއެކި ހަރަކާތްތަކުގައި ސްޕަވައިޒަރުން އެދޭ ކަންކަމުގައި އެހީތެރިވެދީ ބައިވެރިވުން.

6. މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ހަވާލުކުރެވިފައިވާ ފަރާތުން އެކަންކުރާގޮތް ބަލައި، ފާހަގަކުރެވޭ ކަންކަން ނޯޓްކޮށްގެން އެޑްމިނިސްޓްރޭޓަރަށް މަޢުލޫމާތު ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- އެއްގަމު އުޅަނދުތައް ދުއްވުމުގެ ލައިންސަންސް އޮތް ފަރާތެއްކަމުގައިވުން.

- އޮފީހުގެ ސްޓޮކަށް ގެނެވޭ  ތަކެއްޗާއި ސްޓޮކުން އެކިއެކި ފަރާތްތަކަށް ގެންދަންޖެހޭ ތަކެތި އުފުލޭނެ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ  ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލައިގެން މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

  • މި މަޤާމަށް އެދޭ، ޝަރުޠުހަމަވާ ފަރާތްތަކުން، 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، ވަޒީފާއަށްއެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޗާންދަނީމަގު، ޢަރަބިއްޔާ ސްކޫލުގެ 6 ވަނަ ފަންގިފިލާ) އަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

  •  މި އިޢުލާނުގެ މުއްދަތު ހަމަވާތާ 20 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ.
  •  މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައިގެން، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. 
  • ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 3328072 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

9 ޖުމާދަލްއާޚިރަ 1436

29 މާރިޗު 2015
ހޯދާ