މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ރ. ކިނޮޅަސް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓަޑް " ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ " ރ. ކިނޮޅަސް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓަޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

" ރ. ކިނޮޅަސް ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓަޑް"  ބޯޑުގެ ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

    މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

 

#

މަޤާމު

ޢަދަދު

1

އެގްޒެކެޓިވް ޑިރެކްޓަރު (މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ)

1

2

މިނިވަން ޑިރެކްޓަރު

1

މެނޭޖިންގ ޑިރެކްޓަރާއި ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ މުސާރައާއި އިނާޔަތް ކަނޑައަޅާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުޞޫލެއްގެ މަތީންނެވެ.

ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް:

 

އެގްޒެކްޓިވް ޑިރެކްޓަރު

މިނިވަން ޑިރެކްޓަރު

ޝަރުތުތައް

ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް

(ހ) ވިޔަފާރި ހިންގުން ނުވަތަ ހިންގުމުގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު 4 (ހަތަރު) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

(ށ) ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

(ނ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، 4 (ހަތަރު) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ

އެހެނިހެން ޝަރުތު

1-      އުމުރުން 18 އަހަރު ވެފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން.

2-      ބުއްދި ސަލާމަތުންހުރި މީހެއް ކަމުގައިވުން.

3-      ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއް ކަމުގައިވުން. ނުވަތަ "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން. ނުވަތަ " ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

4-      ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

5-      ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމުން ކަނޑައެޅުނު އަދަބު މާޢާފުކުރެވުނުތާ މަދުވެގެން 3 ( ތިނެއް ) އަހަރު ވެފައިވުން.

6-      މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

7-      އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. 

8-  ކައުންސިލުން ވިޔަފާރިކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތުގައި ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް

(ހ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، 4 (ހަތަރު) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

(ށ) ވިޔަފާރި ހިންގުން ނުވަތަ ހިންގުމުގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު

 1-      އުމުރުން 18 އަހަރު ވެފައިވާ  އަދި 55 އަހަރު ނުވާ ދިވެހި ރައްޔިތެއް ކަމުގައިވުން.

2-      ބުއްދިސަލާމަތުންހުރި މީހެއް ކަމުގައިވުން.

3-      ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، "ރެޖިސްޓްރާރ އޮފް  ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއް ކަމުގައިވުން. ނުވަތަ "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

4-      ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތުދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

5-      ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމުން ކަނޑައެޅުނު އަދަބު މާޢާފު ކުރެވުނުތާ މަދުވެގެން 3 ( ތިނެއް ) އަހަރު ވެފައިވުން.

6-      މި މާއްދާގެ (5) އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން އަދު ޙިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

7-      އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

 

 

ހުށައަޅަންޖެހޭ ލިޔުންތައް:

1-      ލެޓާ އޮފް އިންޓަރެސްޓް

2-      ސީވީ

3-      ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

4-      ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑްގެ ކޮޕީ

 

މިކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީވެ، ތިރީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތް ތަކުން ކުންފުނީގެ "އެގްޒެކެޓިވް ޑިރެކްޓަރ" ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި 24 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް :[email protected]  އަށް އީމެއިލް ކޮއްދެވުންއެދެމެވެ.

    ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް، ރ.ކިނޮޅަސް ކައުންސިލުން އެކުލަވާލާ ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ 2024 ޖެނުއަރީ 25 އާއި 2024 ޖެނުއަރީ 31 އާ ދެމެދުއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ރ.ކިނޮޅަހު ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

15 ޖަނަވަރީ 2024
ހޯދާ