މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރު މަގުބައްތިތަކުގެ ކޭބަލް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

ރ. ހުޅުދުއްފާރު މަގުބައްތިތަކުގެ ކޭބަލް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

ސުރުހީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)302-E/302/2023/57 (05 ޑިސެމްބަރ 2023) އިޢުލާނާއި ގުޅިގެން އެވޯޑް ކުރެވުނު ފަރާތަށް އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް އެފަރާތުން އަންގަވާފައި ވުމުގެ ސަބަބުން އެ އިޢުލާން ބާޠިލްކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. އެހެންކަމުން މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ކައުންސިލުން ދިނުމުން،  ރ. ހުޅުދުއްފާރު މަގުބައްތިތަކުގެ ކޭބަލް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރައްވާ، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއިއެކު، 2024 ޖެނުއަރީ 24 ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.

މި މަސައްކަތާއި ގުޅިގެން ރެޖިސްޓްރޭޝަން ފޯމް ހުށަހަޅާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާނީ 2024 ޖެނުއަރީ 31 ވާ ބުދަ ދުވަހުގެ 13:00ށް ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބުތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2024 ޖެނުއަރީ 24ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

03 ރަޖަބު 1445

15 ޖެނުއަރީ 2024

15 ޖަނަވަރީ 2024
ހޯދާ