ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

     މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ކްލާސް ރޫމަކާއި އެކު 1ރޫމް އެޕާޓްމަންޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށްޓަކައި 18 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތު [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.

-          ނަން  (ކުންފުނި / އަމިއްލަފަރުދުންގެ)

-          މެއިލް އެޑްރެސް

-          މޯބައިލް ނަންބަރ

މައުލޫމާތު ދިނުން.

މަޢުލޫމާތު ދިނުން އޮންނާނީ 25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުން: 4 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ. އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތަކާއި މައުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެއެވެ.
  • ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''ކްލާސް ރޫމާއެކު 1 ރޫމް އެޕާޓްމަންޓް އެޅުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

 

 

މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • އަގު  60 މާރކްސް
  • މުއްދަތު 30 މާރކްސް
  • ތަޖުރިބާ 10 މާރކްސް

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020

އީމެއިލް:[email protected]

15 ޖަނަވަރީ 2024
ހޯދާ