އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އިޢުލާން ކުރުމާއިގުޅޭ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް 14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ފޯމްހުށާހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި 14 ޖަނަވަރީ 2024 އާދީއްތަ އިން މިއިދާރާއިންފޯމް ދޫކުރުމާއި 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިފޯމް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާފައި ނުވާ ފަރާތްތައް ދަފްތަރުގައި ނުހިމެނޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި 6680888 ނަންބަރަށް ގުޅުއްވުން އެދެމެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ކައުންސިލްއިން ލިބެން ހުންނާނެއެވެ. 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޯމާއިއެކު ބޭނުންވާ ލިޔެކިއުން ހަމަކުރަށްވައި މިއިދާރާއަށް ހުށަހެޅުމަށް އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ