މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފޯމު ހުށަހެޅުމާއި ގުޅޭ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެކުލަވާލާފައިވާ ފާޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ވަނީ ހުޅުވާލާފައެވެ.

  • މިދަފުތަރުގައި ރަޖިސްޓްރީ ވުމަށް ރިވިއު ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން މި ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވީމާ، ފަޤީރުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޚްގެ ފަހުން ހުށަހަޅުއްވާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު"  ކައުންސިލް އިދާރާއިން 14 ޖަނަވަރީ 2024 ން ފެށިގެން ރަސްމީގަޑީގައި ލިބިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ