ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ތަކެތި ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިންސްޓިޓިއުޓަށް ތިރީގައިމިވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: 6/IUL)451-FP/1/2015) އަށް އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.

  • 30 ގަނޑު ފޮތި (އާދައިގެ)
  • 30 ގަނޑު ސެޓިންގ ފޮތި

ވީމާ، މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

02 އެޕްރީލް 2015 ވަނަ ދުވަހުގެ 11:00 އަށް

07 އެޕްރީލް 2015 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012378 ނަންބަރު ފޯނާއެވެ.

06 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ