މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ފީވަކުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާންމުކުރުން

މި އިޢުލާންވަނީ 14 ޖަނަވަރީ 2024 15:08 ގައި ބާތިލް ކުރެވިފައެވެ.


އިޢްލާން

 

                  ދިރިއުޅުމަށްޓަކައި  ބަންޑާރަ  ގޯތި  ދޫކުރުމަށް  މި އިދާރާއިން  ކުރެވުނު  ނަންބަރު: (IUL)275-MS/275/2023/01 (14 މެއި 2023) އިޢުލާން އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފުރާސްޓްރަކްޗަރ ގެ ނަންބަރ: 471-DNPS2/275/2023/12 (03 އޮގަސްޓް 2023) ސިޓީ އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން "ދިރިއުޅުމަށްޓަކައި ށ. ފީވަކުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް" ގެ 19 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާންމު ކުރަމެވެ.  

                  އިސްވެ ދެންނެނެވު ލިސްޓްގައި ހިމެނޭ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުން 20 ޖަނަވަރީ 2024 ވާ ހޮނިހިރު ދުވަހުގެ 13:00 ގައި ވެވުދޮށު މައިޒާނުގައި އޮންނާނެއެވެ.

                  ވީމާ، ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުމަށްޓަކައި ޙާޟިރުވުމަށް ދަންނަވަމެވެ. އަދި ޙާޟިރުވެވެން ނެތިގެން ބަދަލުގައި ގޯއްޗާއި ޙަވާލުވާނެ މީހެއް ފޮނުވާނަމަ، ޙާޟިރުނުވެވޭ ސަބަބާއި، ބަދަލުގައި ގޯއްޗާއި ޙަވާލުވާނެ މީހާގެ މަޢުލޫމާތު ހިމަނާފައިވާ، ގޯތި ލިބޭ މީހާގެ ސިޓީއާއި އެކު ބަދަލުގައި ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަން ވާނެއެވެ. އަދި ގޯއްޗާއި ޙަވާލުވާން އެއްވެސް މީހަކު ޙާޟިރުނުވާ ގޯތިތަކުގެ ގުރުއަތު ނަގާނީ ކައުންސިލުން ކަމުގައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރަމެވެ.

14 ޖަނަވަރީ 2024
ހޯދާ