ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ގޯތީގެ ސަރަޙައްދުގެ މަގުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް.

              މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށުގައި އަލަށް ދޫކުރުމަށް ނިންމާފައިވާ 100 ގޯތި ކަނޑަން ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ގޮތަށް އެ ސަރަހައްދުތަކުގެ މަގުތައް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

               ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމަށް ރަޖިސްޓަރ ކުރެއްވުމަށް ދެންނެވީމެވެ. މި މަސައްކަތަށް ފޯރމް ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މަސައްކަތާއިގުޅޭ މަޢުލޫމާތުކަރުދާސް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

                 މި މަސައްކަތް ކޮށްދޭން އެދިލައްވާ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޯމް ފޮނުވައިގެން ނުވަތަ އިދާރާއަށް ދުރުވެ ފޯމް ހުށައަޅުއްވައިގެން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ފޯމް ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

 23 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް.

މަސައްކަތާއި ގުޅޭ މައުލޫމާތު ހުށައެޅުން

30 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:00 ގައި

               އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ