ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024ވަނަ އަހަރުގެފަޤީރުންގެ ދަފްތަރާއި ގުޅޭ:

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް  14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024ވަނަ ދުވަހުގެ  13.00 ގެ  ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ  ތެރެއިން ރިވިއު ފޯމު ހުށަހެޅިފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މިފުރުސަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ  ފޯމު  ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު  9.00 އިން  13.00 އަށް ވަނީހަމަޖެހިފައެވެ.  ފޯމު ހުށައަޅުއްވާނީ ހުރީހާ ލިޔެކިއުންތަކާއިއެކުއެވެ.

            ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް 14 ޖަނަވަރީ 2024 އިން ފެށިގެން މި ކައުންސިލުން ލިބޭނެއެވެ.

            ފޯމު ހުށަހެޅުމުގެ ފުރުޞަތުވަނީ 14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށެވެ.  މިމުއްދަތުގެ ފަހުން ހުށަހެޅޭ ފޯމު ބަލައި ނުގަނެވޭނެއެވެ.

              މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ