ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވިޔަ ފިހާރައަށް މުވައްޒަފުން ހޯދުމާ ބެހޭ

މިކުންފުނިން ހިންގަމުން އަންނަ ޔުނިވިޔަ ފިހާރައަށް ތިރީގައިވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

- ސްޓޯރ މެނޭޖަރ

- އެސިސްޓެންޓް ސްޓޯރ މެނޭޖަރ

- ޝޮޕް އެސިސްޓެންޓް

- ޕްރިންޓިންގ ސްޓާފް

- ބަރިސްޓަރ

މުސާރައާއި އެލަވަންސް:

- ނެގޯޝަބަލް

- ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް (ގޫގުލް ލިންކް މެދުވެރިކޮށް) :

- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

-  ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ޝޯޓުލިސް ކުރުން:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 ވީމާ، މި ވަޒީފާތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކު މެދުވެރިކޮށް އެފަރާތެއް ޝައުގުވެރިވާ މަޤާމަކަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.

 
ގޫގުލް ލިންކް: https://forms.gle/XuDVqZ2yEiXeqbFZ7
 
އިތުރު މައުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ އީމެއިލް ([email protected]) އަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ލިއުމުން ފޮނުއްވައި ދެއްވުން އެދެމެވެ.

 ނޯޓު :

-  އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.

-  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

14 ޖަނަވަރީ 2024
ހޯދާ