މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ަފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

 އުނގޫފާރު / ދިވެހިރާއްޖެ

ޢިއުލާން

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

 

                  1445 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު  14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

                  މިކަމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އަށް އުނގޫފާރު ކައުންސިލް އިދާރާއިންކަމުގައި ދަންނަވަމެވެ.  

                  މިކަމަށް އެދި ހުށަހަޅާފޯމް މިއިދާރާއިންނާއި ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ވެބްސައިޓު، www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.

                  ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ