މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށައެޅުމާއިގުޅޭ

އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، 14 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުން ފެށިގެން 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 ން 14:00 އަށް ކައުންސިލުން ލިބެންހުންނާނެއެވެ.

ވީމާ، ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމުގައި ދެވިފައިވާ އިރުޝާދުތަކާއި އެއްގޮތަށް ލިޔުންތައް ހަމަކޮށް، 01 ފެބްރުއަރީ 2024 ވާ 13:00 ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ފޯމު ހުށައެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން ހުށައަޅާ ފޯމުތައް ބަލައިނުގަންނާނެ ކަމުގައި ދެންނެވީމެވެ.

13 ޖަނަވަރީ 2024
ހޯދާ