އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ.

                        ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު  14 ޖެނުއަރީ 2024 އިން ފެށިގެން ހުޅުވާލައި، ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމް ބަލައިގަތުން  14 ޖެނުއަރީ 2024 އިން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ނިޔަލަށް އޮންނާނެއެވެ.

                    ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 14 ޖެނުއަރީ 2024 އިން ފެށިގެން މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތަކާއި ލިޔުންތައް ފުރިހަމަކުރައްވާ ކަނޑައެޅިފައިވާ މުއްދަތުގައި ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

14 ޖަނަވަރީ 2024
ހޯދާ