ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުލުވާލުން

ވަގުތީ އިމާމުން، މަސައްކަތުމީހުންގެ ޕޫލް އެކުލަވާލުން

ވިލުފުށީ ދެ މިސްކިތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދާއިމީ މުވައްޒަފުން ސަލާމް ނުވަތަ ޗުއްޓީ ނެންގެވުމުން ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އިމާމު/މުދިމް/ކައުންސިލް އެސިސްޓެންޓް (މަސައްކަތު މީހުން)

އަދަދު:

-          އިމާމް/މުދިމް: 5

-          މަސައްކަތު: 5

މަޤާމުގެ ގިންތިއާއި މުއްދަތު:

ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2024 ށް)

ވަޒީފާ އަދާކުރަން ޖެހޭތަން:

ތ.ވިލުފުށީ ކައުންސިލްގެ އިދާރާ (ރަށުގެ މިސްކިތްތައް)

 

 

މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު

މަޤާމް/ޝަރުޠު

ރޭންކް

އުޖޫރަ ދެވޭ ގޮތް

އިމާމު:

-          މުދިމުކަމުގެ ނުވަތަ ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ

-           ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް އޮތުން

GS3

61.00 (ފަސްދޮޅަސް އެއް ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

މުދިމް:

ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގިގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން)

GS1

 

53.00 (ފަންސާސް ތިން ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

މަސައްކަތު – ޝަރުތު ހަމަވާ (ލިޔަންކިޔަން އެނގުން)

SS1

45.00 (ސާޅިސް ފަސް ރުފިޔާ) މަސައްކަތްކުރައްވާ ކޮންމެ ގަޑިއިރަކަށް

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  އިމާމު/މުދިމު

  1. ކޮންމެ ނަމާދުވަގުތެއްގެ 5 މިނެޓު ކުރިން މިސްކިތައްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއެކު، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވައި، އިމާމުވެ ނަމާދުކުރުން.
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް ވިލުފުށި ކައުންސިލުގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯބެލުން.
  3. ވިލުފުށީ ކައުންސިލުގެ އިދާރާއިން އެއިރަކު ހަމަޖައްސާ މިސްކިތެއްގައި ބަންގި ގޮވައި އިމާމުވެ ފަރުޟު ފަސްނަމާދު ކުރުން.
  4. ވިލުފުށި ކައުންސިލުގެ އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
  5. މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  1. މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުޞޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  މަސައްކަތު މީހުން

  1. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތައްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއި، އިސްކުރުބަރިއާއި،ފާޚާނާތައް ސާފުކުރުމުގެ އިތުރުން، މިސްކިތުގެ އެތެރެއާއި، ސިޑިތައްމަތި ފޮޅައި ސާފުކުރުން.
  2. ވިލުފުށީ ކައުންސިލުގެ އިދާރާއިން އެއިރަކު ހަމަޖައްސާ މިސްކިތެއްގައި މަސައްކަތްކުރުން.
  3. ނަމާދަށް މީހުން އައުމުގެކުރިން މިސްކިތްދިއްލައި، ފަންކާތައްޖަހައި، ނަމާދުގެ ޖަމާޢަތް ނިމުމުން 15 މިނެޓްފަހުން މިސްކިތުގައި މީހުން ނުތިބޭ ތަންތަނުގެ ފަންކާތަކާއި، ލައިޓުތައް ނިއްވުން.
  4. ގޯތިތެރޭގައި އިންދާފައިހުރި ގަސްތަކަށް ދެއިރަށް ފެންދީ ބެލެހެއްޓުން.
  5. ގޯތިތެރޭގައި ބިމުންފަޅާ ކުދިގަސްތައް އުފުރައި ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  6. ރޭގަނޑުގެ ނަމާދުގަޑި ތަކުގައިގައި މިސްކިތުގެ ހަރިންމައިގާ ހަރުކޮށްފައިވާ ލައިޓުތައް ދިއްލައި، ނިވުން.
  7. ކޮންމެ ނަމާދު ވަގުތެއްގައި މިސްކިތުގައި ޖަމާޢަތްހަދާ ސަރަހައްދުގެ ސާފުތާހިރުކަން ހުންނަ ނުހުންނަގޮތްބަލައި އެސަރަހައްދުފޮޅައި ސާފުކުރުން
  8. މިސްކިތުގެ ދޮރުތަކާއި،ފަންކާތަކާއި، މިމްބަރާއި، ލިއުންތައް ހަރުކޮށްފައިވާ ލަކުޑި ފިލާތައް ފޮޅައި ސާފުކުރުން.
  9. ނަމާދުވަގުތުތަކަށް މިސްކިތަށް ހާޒިރުވާންޖެހޭނީ އެކަށީގެންވާ ސާފުތާހިރު ހެދުމެއްގައެވެ.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. މިސްކިތު ޕޫލްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

SS1

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުޠަށް ވުރެ އިތުރަ ށް ލިބިފައިވާ ތަޢުލީމ

5%

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަރވިއު

40%

 

GS3 – GS2

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުޠަށް ވުރެ އިތުރަ ށް ލިބިފައިވާ ތަޢުލީމ

5%

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް )އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް(

25%

އިންޓަރވިއު

35%

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

22 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެން. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ [email protected]   މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އޮންނާނޭތަނާ މުއްދަތު

މިމަޤާމަށް މީހުން ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2023 ޖަނަވަރީ 22 އާއި 2023 ޖަނަވަރީ 25 އާއި ދެމެދު ވިލުފުށީ ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.

އިތުރު މައުލޫމާތު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780701 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ [email protected]    މެއިލް އެޑްރެހަށެވެ.

14 ޖަނަވަރީ 2024
ހޯދާ