މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސ. ގަން ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 01 ލާންޗް އަދި 01 ވޭން ނީލަމުގައި ވިއްކުމާބެހޭ

    މިއޮފީހުގެ ސ. ގަން ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 01 ލާންޗާއި 01 ވޭން ނީލަން ކިޔުން 23 ޖަނަވަރީ 2024 ވާ އަންގާރަ  ދުވަހުގެ ހެނދުނު ސ. ގަން ކަސްޓަމްސް އޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ތަކެތީގެ ބާވަތް

ތަކެތީގެ ތަފްސީލް

ގަޑި

 

VAN

 

 

 

TOYOTA – ESTIMA               (REG: G1876)

MODEL NUMBER: TOYOTA-E-TCR-10G RRSEK

 

10:00

 

 

 

LAUNCH

 

 

 

G6247A-02-10-T(1 YAMAHA) Launch-1

ދިގު މިން : 6.550 މީޓަރު

ފުޅާ މިން : 2.280 މީޓަރު

 

10:30

 

 

          ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

          ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

          ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންވާ ފަރާތްތައް 23 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހު  ސ. ގަން ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

 

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ