ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 14 ޖެނުއަރީ 2024ން 01 ފެބުރުއަރީ 2024ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. ސުންގަޑި ހަމަވުމުގެ ކުރިން ދުރާލާ ލިޔެކިޔުންތައް ހަމަކޮށް ފޯމް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 ޖެނުއަރީ 14ވާ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00ން މެންދުރުފަހު 13:30 ށް އަށެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ފެބުރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ. 

ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ފަހުން އެއްވެސް ފޯމެއް މި އިދާރާއިން ބަލައިނުގަންނާނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2024 ފެބްރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދ.މީދޫ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

14 ޖަނަވަރީ 2024
ހޯދާ