ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ

މަޤާމު:

އެޑްމިން އޮފިސަރ

މަޤާމުގެ ނަންބަރު:


J-145722

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސ.ހިތަދޫ ސްކޫލް ، އައްޑޫ ސިޓީ ، ހިތަދޫ

މުސާރަ:

-/4465 ރުފިޔާ     

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

 

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

GS 3

700.00ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލެވެންސް

މަހަކު   1,562.75  ރުފިޔާ

(މުސާރައިގެ %35)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބެލެހެއްޓުން.އެގޮތުގެ މަތިން ސްކޫލަށް ލިބޭ ހަރުމުދާތައް ބަލައިގަނެ ނަންބަރުޖަހާ އިންވެންޓްރީއަށް ނެގުމަށް ފަހު އިންވެންޓްރީގައި ހިމެނޭ ތަކެތީގެ ތެރެއިން ބޭނުން ނުކުރެވޭ ތަކެތި އެޑިޔުކޭޝަންގެ ހުއްދަ އާއިއެކު ނައްތާލުން، އަދި ނީލަންކިޔަން ޖެހޭ ތަކެތީގެ ލިސްޓް އެޑިޔުކޭޝަނަށް ފޮނުވައިގެން ހުއްދަ ހޯދުމަށް ފަހު އިސްވެރިޔާގެ ލަފާގެ މަތިން ނީލަންކިޔުމުގެ ކަންތައްތައް ކުރިޔަށް ގެންދިއުން.

2. ގްރޭޑް 1 ، 2 ، 3 ، 4 ، 5 ގެ ސުޕަރވައިޒަރުން ޙަވާލު ކުރާ ލިޔެކިޔުންތައް ނިންމަންޖެހޭ ގަޑިއަށް ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލު ކުރުން. މިގޮތުގެމަތިން ޓީޗަރުންގެ ނޯޓިސްތައް ތައްޔާރުކޮށް ސޮއި ކުރުވުމަށްފަހު ފައިލު ކުރުމާއި ، އިތުރު ޙަރަކާތްތަކާއި ގުޅިގެން ކުދިންނަށް ދޭންޖެހޭ ސްލިޕްތައް ގަޑިއަށް ނިންމުމަށްފަހު ކުދީންނާ ޙަވާލުކުރުމަށް ކްލާސްޓީޗަރާއި ޙަވާލުކުރުން އަދި އިތުރު ޙަރަކާތްތަކާއި ގުޅިގެން ލިޔަންޖެހޭ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ކޮޕީތައް ފައިލުކުރުން.

 

3. ސްކޫލަށް ލިބޭ ސިޓީފަދަ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީ ކުރުމާއި، ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ހަމަޖެހިފައިވާ ގަޑިއަކަށް ފޮނުވުމާއި، ސިޓީފަދަ ލިޔުންތައްލިޔެ ތައްޔާރުކޮށް، ފޮނުވައި ފައިލްކޮށް ބެލެހެއްޓުމާއިއެކު، ފޮނުވާ ލިޔެކިޔުންތައް ލިބުނުކަން ކަށަވަރުކޮށް، އެކަން އެނގޭގޮތަށް ރެކޯޑްތައް ބެލެހެއްޓުން.އަދި ދުވަހުން ދުވަހަށް ސްކޫލްގެ މެއިލްތައް ޗެކްކުރުމާއިއެކު މެއިލްގެ ޒަރީޢާއިން ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް އަވަސްތަކެތި ވަގުތުން ވަގުތަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ، ޖަވާބުދޭންޖެހޭ ލިޔުންތަކަށް އިސްވެރިޔާގެ ލަފާގެމަތިން، މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ދިނުން.

 

4. މީމިސް ސޮފްޓްވެއަރ އިން ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ބައިތައް ފުރިހަމަ ކުރުން. މިގޮތުގެ މަތިން ވަކިވާ ކުދިން ޓްރާންސްފަރ ކުރުމާއި ސްކޫލުން ޖާގަދެވޭ ކުދިންގެ ޓްރާންސްފަރ ރިކުއެސްޓް ފޮނުވުމާއި  އަހަރުނިމިގެން ކްލާސްތަކަށް ޕްރޮމޯޓް ކުރުމާއި ރިޕީޓްކުރަންޖެހޭ ކުދިން ރިޕީޓް ކުރުމާއި ކްލާސްޓީޗަރުންނާއި ސަބްޖެކްޓް ޓީޗަރުން އެޑްކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.އަދި އަލަށް ވަންނަ ކުދިންގެ ވައުޗަރ އެޑިޔުކޭޝަނާއި ގުޅައިގެން ލިބޭނެ އިންތިޒާމް ހަމަޖައްސައި ވައުޗަރ ލިބުމުން ބެލެނިވެރިންނަށް ދޫކުރުން.

 

5. ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި އެކު ރަސްމީގަޑި ފިޔަވައި، އޮފީސް ހުޅުވުމަށް ޙަވާލު ކުރެވޭ އެހެނިހެން ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުން.

 

6. އިދާރީ އަދި އެކެޑެމިކް މަސައްކަތްކުރާ މުވައްޒަފުން  ޗުއްޓީގައި ތިބޭ ދުވަސްވަރު، އިދާރީގޮތުން ބެލެހެއްޓުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

 

7. ޙަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއި އެކު އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.

8. ސްކޫލްގެ ޕީ.އޭބީ އެކްސް އަށް އަންނަ ފޯނުތަކަށް ޖަވާބުދީ، ފޯނުކުރި ފަރާތްތަކުން ކުރާ ސުވާލުތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން

 

 

މަޤާމްގެ ޝަރުޠުތައް:

'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ،

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،  'ސެކަންޑަރީސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

  މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 - މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

ހ. ހާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ބާއްވާ އިމްތިހާން ނުވަތަ ޕްރެކްޓިކަލް އަދި އިންޓަވިއުއަށް ބަލައިގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ސ.ހިތަދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނީ 21 ޖަނަވަރީ 2024 އާއި 25 ޖަނަަވަރީ 2024 އާ ދެމެދު، ސ.ހިތަދޫ ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6886908 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

3 ރަޖަބު 1445

ޑރ. އާސިޔަތު މުހައްމަދު ދީދީ  

ޕްރިންސިޕަލް

14 ޖަނަވަރީ 2024
ހޯދާ