މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ފީބާ ޑަބްލީއު.އޭ.ބީ.ސީ ލެވަލް-1 ކޯޗް އިންސްޓްރަކްޓަރ ކޯސް

ފީބާ ޑަބްލީއު.އޭ.ބީ.ސީ ލެވަލް-1 ކޯޗް އިންސްޓްރަކްޓަރ ކޯސް

 

ފީބާ އޭޝިޔާ އަދި ވޯލްޑް އެސޯސިއޭޝަން އޮފް ބާސްކެޓްބޯލް ކޯޗަސް ގެ ފަރާތުން 27 އިން 29 އޭޕްރިލް 2024 އަށް އިންޑިއާގެ ޗެއްނާއީ ގައި "ފީބާ/ޑަބްލިއު.އޭ.ބީ.ސީ ލެވަލް-1 ކޯޗް އިންސްޓްރަކްޓަރ ކޯސް" ހިންގުމަށްވަނީ ހަމަޖެހިވައެވެ. އެގޮތުން މިކޯހުގައި ރާއްޖޭގެ ކޯޗުން ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މިކޯހަށް ނަން ހުށަހަޅާނެ ފަރާތްތައް މިއެސޯސިއޭޝަނުން ކަނޑައަޅާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ތިރީގައި ބަޔާންކުރެވިފައިއެވާ ކަންކަމަށް ބެލުމަށްފަހު ޝޯޓް ލިސްޓް ކުރެވިގެންނެވެ.

 

-          ކޯޗިންގް ކޯސް/ކްލްނިކްސް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން

-          ވާހަކަ ދެއްކުމާއި ޕްފެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރު ހުރުން

-          ކިޔަވައި ދިނުމުގެ ގާބިލްކަން ހުރުން

-          ދޭދޭ އިޖްތިމާޢީ ހުނަރުތައް ހުރުން

-          މިއެސޯސިއޭޝަނުން ހިންގާ އެންމެ މަތީ ފަންތީގެ ކޯޗިން ކޯސް ފުރިހަމަކޮށްފައިވުން

-          އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށް ފަރިތަވުން

-          ރާއްޖޭގައި ފީބާ/ޑަބްލިއު.އޭ.ބީ.ސީ ލެވަލް-1 ކޯޗަސް ކޯސް ހިންގުމަށް އަހަރަކު 8 ދުވަސް ދެވޭނެ ފަރާތެއް ކަމުގައިވުން

 

މިކޯހަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ފީބާގެ އެޕްލިކޭޝަން ފޯމާއި އެކު ސެލްފް ރެކޯޑެޑް މޯޓިވޭޝަން ވީޑިއޯއަކާއި ކޯޗިން ކްލިނިކް/ޓީމް ޕްރެކްޓިސްއެއް ހިންގާ ވީޑިއޯއެއް ހުށަހަޅަން ޖެހެއެވެ. ބައެއް ކެންޑިޑޭޓުންނާއި އޮންލައިން އިންޓަވިއު ކުރުވޭނެ ވާހަކަ އެފަރާތުންވަނީ އަންގާފައެވެ. އަދި ކޯސް ފެށުމުގެ ކުރިން ކޯހާއިބެހޭ އޮންލައިން ތައްޔާރީތަކެއްވެސް އޮތުމަކީ އެކަށީގެންވާކެމެއްކަން މައުލޫމާތައްޓަކައި ދަންނަވަމެވެ.

ވީމާ، ކޯހުގައި ބައިވެރިވުމަށް ނަން ހުށައެޅުމަށް ބޭނުންފުޅުވާ ކޯޗުން 20 ޖެނުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އެސޯސިއޭޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ކަރިކިއުލަމް ވިޓޭ ހުށަހެޅުއްވުން އެދެމެވެ.

11 ޖަނަވަރީ 2024
ހޯދާ