ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އާރިޔާ ސެކިއުރިޓީޒް ޕވޓ ލޓޑ ގެ ޑީލަރުކަމުގެ ލައިސަންސް ބާޠިލުކުރުން

 އާރިޔާ ސެކިއުރިޓީޒް ޕވޓ ލޓޑ (ރަޖިސްޓްރޭޝަން ނަންބަރު: C-693/2006) އަށް މިއޮތޯރިޓީން ދޫކޮށްފައިވާ ސެކިއުރިޓީޒް ގަނެވިއްކައިދިނުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް (ނަންބަރު: CMDA/2006/DL-03) އެ ފަރާތުގެ އެދިލެއްވުމުގެ މަތިން 01 ޖެނުއަރީ 2024 އިން ފެށިގެން ވަނީ ބާޠިލުކޮށްފައެވެ.

 

ވީމާ، 01 ޖެނުއަރީ 2024 އިން ފެށިގެން އާރިޔާ ސެކިއުރިޓީޒް ޕވޓ ލޓޑ މެދުވެރިކޮށް އެއްވެސް ސެކިއުރިޓީޒްގެ މުޢާމަލާތެއް ނުކުރުމަށް މި އޮތޯރިޓީން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

11 ޖަނަވަރީ 2024
ހޯދާ