ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ބީ-ޒޯން ލައިސަންސް ދޫކުރުމަށް އެގްޒަމިނާރއެއް ހޯދުމަށް

މި އިދާރާއިން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ބީ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރަކު ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެންވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެކެވެ. މި ފުރުސަތު ދެޖިންސުގެ މީހުންނަށްވެސްވަނީ ހުޅުވާލެވިފައެވެ.

-         ބޭނުންވާ އަދަދު: 01

-         ޝަރުތު:

*   A A1، C3 C4  ގިންތީގެ ލައިސަންސް އޮތުން.

* ދޫކުރި ތާރީޙުންފެށިގެން މަދުވެގެން 3 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

* ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

*  އުމުރުން 55 އަހަރު ހަމަނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްޙަތެއްގައި ހުރުން.

* ޑްރައިވިންސް ސުކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައިނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންސް ސުކޫލެއްގައި މަސައްކަތްކޮށްފައިނުވުން.

* ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

-         އުޖޫރަ:

* ޓެސްޓްކުރާ ކޮންމެ A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ.

* އެހެނިހެން ކެޓަގަރީގެ ޓެސްޓުކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

 

               ވީމާ ދެންނެވިފައިވާ ޝަރުތުތައްހަމަވާ ފަރާތްތަކުން (ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު) 21 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުން ކުރިއަށްދާނީ ހަފްތާގެ ހޯމަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 13:00 އަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ލިޔުންތައް ފޮނުއްވާނީ [email protected]  މި އީމެއިލް އަށެވެ.

-         ހުށަހަޅަންޖެހޭ ތަކެތި:

  • އެދި ހުށަހަޅާ ސިޓީ
  • ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
  • ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީ.ވީ) .
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯރޓް.
  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ                     

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

11 ޖަނަވަރީ 2024
ހޯދާ