ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ލީގަލް އޮފިސަރ

މަޤާމް ނަންބަރު:

TAT-131

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ރަޖިސްޓްރޭޝަން ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: 6,000/-  ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: 2,400/- ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: 3,500/- ރުފިޔާ

- ސާރވިސް އެލަވެންސް: -/170 (ވަޒީފާއަށް ނިކުންނަ ރަސްމީ ދުވަހަކަށް)

- ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ޓްރައިބިއުނަލަށް އިސްތިއުނާފުކުރެވޭ މައްސަލަތައް ޓްރައިބިއުނަލަށް ބަލައިގަތުމަށާއި، މައްސަލަތައް ރަޖިސްޓްރީ ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ޤާނޫނާއި ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ކުރުމާއި، އެކަން ރަނގަޅަށް ކުރިއަށްދާކަން ދުވަހުން ދުވަހަށް ބަލާ ޔަޤީންކުރުން.

2- ޓްރައިބިއުނަލަށް އިސްތިއުނާފުކުރެވޭ މައްސަލަތައް އެންޓްރީއަށް ބަލައިގަތުމާއި، މަޢުލޫމާތު ސާފުކުރަން ޖެހޭ ފަރާތްތަކުން މަޢުލޫމާތާއި ލިޔުންތައް ހޯދުމަށް އަންގާ އެންގުންތައް، ރަޖިސްޓަރ އަންގާގޮތެއްގެ މަތިން އެކިފަރާތްތަކަށް ފޮނުވުމާއި ރެކޯޑުތައް ބެލެހެއްޓުން.

3-ޓްރައިބިއުނަލަށް އިސްތިއުނާފްކުރެވޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލަށް ބެލޭނެ މައްސަލަތައް ކަނޑައެޅުމަށް ރަޖިސްޓްރަރ އަށް އެހީތެރިވެދިނުމާއި، މައްސަލަތައް ބަލާގޮތެއް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

4- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާ ދިރާސާކުރުމާއި، މިފަދަ މައްސަލަތަކުގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޓްރައިބިއުނަލުތަކުން ނިންމާފައިވާ ނިންމުންތައް ބަލާ ދިރާސާކޮށް މެންބަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.

5- ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ އަޑުއެހުން ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުމަށާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި ޓްރައިބިއުނަލުގެ މެމްބަރުންނަށް އެހީތެރިވެދިނުމާއި ރިޕޯރޓްތައް ދޫކުރުމަށް އެހީތެރިވެދިނުން.

6- ޓްރައިބިއުނަލަށް އިސްތިޢުނާފުކުރެވޭ މައްސަލަތަކުގެ ދަފްތަރުތައް ގަވާއިދުން ބެލެހެއްޓުމާއި، މައްސަލަތަކާގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ، ޕީ.ޑީ.އެފް ފައިލްތައް އަދި ހާރޑްކޮޕީތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ގަވާއިދުން ފައިލްކުރުން. 

7- ޓްރައިބިއުނަލުގެ މަސައްކަތް ރަނގަޅަށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް  ތައްޔާރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

8- ޓްރައިބިއުނަލުގެ ޙަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލުގެ މައްސަލަބެލުން ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ދިނުން.

9- ޓްރައިބިއުނަލުގެ މަސައްކަތްތަކާމެދު ޢާންމުންނާއި، މުއައްސަސާތައް ހޭލުންތެރި ކުރުވުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި އެފަދަ ކަންކަމުގައި އެހީތެރިވެ ދިނުން.

10- ކޯޓުގައި ނުވަތަ އެނޫންވެސް ތަނެއްގައި ޓްރައިބިއުނަލް ތަމްސީލް ކުރަންޖެހޭ ޙާލަތްތަކުގައި ޓްރައިބިއުނަލު ތަމްސީލްކުރުން.

11- އޮފީސް ހުޅުވާ ލެއްޕުމުގެ އުޞޫލާއި އެއްގޮތަށް އޮފީސް ހުޅުވާލެއްޕުމުގެ މަސައްކަތްކުރުން.

12- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  2. ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 28ޖަނަވަރީ 2024 އާއި 08 ފެބްރުވަރީ 2024 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

-  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2024 ޖަނަވަރީ 18ވަނަ ދުވަހުގެ

 13:00 ގެ ކުރިން

11 ޖަނަވަރީ 2024
ހޯދާ