މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލީ ބަނދަރުގެ ސިޑިތަކާއި ބަނދަރުގެ އަށްދަށު ތޮށްޓާއި ބޭރުތޮށި ގުޅޭ ބުރިޖުގައި ޗެންޗޭނު ޖަހައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މ. މުލީ ބަނދަރުގެ ސިޑިތަކާއި ބަނދަރުގެ އަށްދަށު ތޮށްޓާއި ބޭރުތޮށި ގުޅޭ ބުރިޖުގައި ޗެންޗޭނު ޖަހައިދޭނެ ފަރާތެއް ހޯދުން

މ. މުލީ ކައުންސިލުން ފޯރުކޮއްދޭ މައުލޫމާތާއި އެއްގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. މުލީ ބަނދަރުގެ ސިޑިތަކާއި ބުރިޖުގައި ޗެންނޭނު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

                  ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 21 ޖެނުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-          ރަޖިސްޓްރީ ނަމްބަރ

-          އީމެއިލް އެޑްރެސް

-          ގުޅޭނެ މޯބައިލް ނަމްބަރު

                  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 30 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ޕޮއިންޓުދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. މަސައްކަތުގެ އަގަށް: 80% (ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗުމާކު ކަމުގައި ބަލައިގެން).
  2. މުއްދަތަށް: 10% (އެންމެ ކުރުމުއްދަތަކީ ބެންޗުމާކު ކަމުގައި ބަލައިގެން)
  3. މަސަކަތުގެ ތަޖުރިބާއަށް: 10% (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި)

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 28 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6720508 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

11 ޖަނަވަރީ 2024
ހޯދާ