ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން 2024 ގެ ޝަކުވާ ބަލާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވައިލުން (މުއްދަތު އިތުރުކުރެވިފައި)

23 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންއާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި އެކުލަވާލާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް މި ކައުންސިލުން ކޮށްފައިވާ ނަންބަރު 480/IUL/2024/62 އިޢުލާނުގެ ސުންގަޑި ތިރީގައިވާ ގޮތަށް އިތުރުކޮށްފީމެވެ.

ޝަކުވާބާލާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމު:https://shorturl.at/oELU1 މެދުވެރިކޮށް، 16 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބާ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

10 ޖަނަވަރީ 2024
ހޯދާ