ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒެއް ޤާއިމްކުރުމާއި ގުޅޭ

މުޖުތަމަޢުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކޮށް، އިޖުތިމާއީ ކަންކަމުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ފުރުސަތު ހޯދައިދީ، އެ ފަރާތްތަކުގެ ސިއްޙީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އިސްރަށްވެހިންގެ ޚާއްޞަ ޢިޖުތިމާއީ މަރުކަޒެއް މިރަށުގައި ޤާއިމުކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަށް ދެނެގަތުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލްގައި ނަންނޯޓްކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6800766 އާ ގުޅުއްވާ މައުލޫމާތު ހޯއްދެވުމަށް އެދެމެވެ.

ނޯޓް: މި އިއުލާނާއެކު އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމުކުރުމާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

10 ޖަނަވަރީ 2024
ހޯދާ