ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގެ ގޮނޑުދޮށްތަކުން ވެލިނެގުމާއި ބެހޭ:

ގައްދޫގެ ގޮނޑުދޮށްތަކުން ވެލިނެގުމާއި ބެހޭ:

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 151 ވަނަ މާއްދާގެ ދަށުން ގައްދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކައުންސިލުން ކަނޑައަޅާފައިވާ "ރަށްތަކުގެ ތިމާވެށި ޙިމާޔަތްކުރުމާއި ބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގައްދޫގެ ގޮނޑުދޮށްތަކުން ވެއްޔާއި އަކިރި ނެގުމަކީ މަނާކެމެކެވެ. މި ގަވައިދުގެ 09 ވަނަ މާއްދާގެ ދަށުން، ކައުންސިލުގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ތަންތަނާއި އަދި ޤުދުރަތީ ގޮތުން ގަލާއި ވެއްޔާއި، އަކިރި އުފެދޭ ތަންތަނުން ގަލާއި، ވެއްޔާއި އަކިރި ނަގަންވާނީ ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނުން، މި ގަވައިދުގެ ދަށުން ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.

މީގެކުރިންވެސް ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށްތަކުން ވެލި ނުނެގުމަށް އެދި އެކިފަހަރުމަތުން އަންގާފައެވެ. އެހެންނަމަވެސް، ކައުންސިލްެގެ އެންގުމާއި ޚިލާފުވެ ރަށުގެ ގޮނޑުދޮށްތަކުން ވެލި ނެގުން މިހާރު މިވަނީ ޢާންމުކަމަކަށްވެފައެވެ. އެހެންކަމުން، ކުރިޔަށްއޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުވާނަމަ، "ރަށްތަކުގެ ތިމާވެށި ޙިމާޔަތްކުރުމާއި ބެހޭ ގަވާއިދު" ގެެ 15 ވަނަ މާއްދާގެ ދަށުން -/500 ރ އާއި -/5000 ރ އާއި ދެމެދުގެ ޢަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ފުރުޞަތުގައި އަދިވެސް އެއްފަހަރު ގައްދޫގެ ގޮނޑުދޮށްތަކުން ގަލާއި، ވެއްޔާއި އަކިރި ފަދަ ތަކެތި ނުނެގުމަށް އާންމުކޮށް އިލްތިމާސްކުރަމެވެ. އަދި ރަށުގެ ގޮނޑުދޮށުން ގަލާއި، ވެއްޔާއި އަކިރި ނަގާތަން އެއްވެސް ފަރާތަކަށް ފެނިއްޖެނަމަ 7791755 އަށް ގުޅުއްވައި ރިޕޯޓުކުރުމަށް ދަންނަވަމެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖަނަވަރީ 2024
ހޯދާ