އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
އައްޑޫ ހައި ސްކޫލަށް ބޭނުންވާ ސާވަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. އައްޑޫ ހައި ސްކޫލަށް ބޭނުންވާ ސާވަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖެނުއަރީ 2024 އިން 21 ޖެނުއަރީ 2021 ވާ އާދީއްތަދުވަހުގެ 14:00 ގެ ނިޔަލަށް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމަތަށްޓަކައި ދަންނަވަމެވެ.
  3. ބީލަމުގައި ރަޖިސްޓްރީ ކުރުމުން ޢިއުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްސީލާއި ސްޕެސިފިކޭޝަނާއިއެކު ބިޑް ފޮތް އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ.
  4. މި ބީލަމާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ 18 ޖެނުއަރީ 2024 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  25 ޖެނުއަރީ 2024 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ބަޖެޓް ސެކްޝަން

  އައްޑޫ ހައި ސްކޫލް

  ހިތަދޫ،އައްޑޫ                                                           

ފޯން:  6885796 އީ-މެއިލް: [email protected] ކޮޕީ-މެއިލް: [email protected]

 

09 ޖެނުއަރީ    2024

27 ޖުމާދަލްއާޚިރާ 1445

10 ޖަނަވަރީ 2024
ހޯދާ