އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 04 ފެބުރުވަރީ 2024 19:23 ގައި ބާތިލް ކުރެވިފައެވެ.


 އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ އިމާރާތާއި ގޯތީތެރޭގައި ހިމެނޭ އެންމެހައި ތަކެތީގެ ސެކިއުރިޓީ ބެލެހެއްޓުމާ ޖެނިޓޯރިއަލް ބައެއް މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2023/142އިޢުލާނުގެ މަޢުލޫމާތައް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާތިލުކޮށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ. މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތަށް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

 މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިމާރާތާ ގޯތި ބެއްލެވުމަށް 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހާ 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހާ ދެމެދު ކޮންމެ ރަސްމީ ދުވަހަކު 9:00 އާއި 14:00 އާ ދެމެދު މި އޮފީހުގެ ފޯން ނަންބަރު 3348225 ނުވަތަ 3323939 އަށް ގުޅުއްވާ ވަގުތު ހަމަޖެއްސެވުމަށް ފަހު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 21 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 14:00 އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

09 ޖަނަވަރީ 2024
ހޯދާ