މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑު ވަރުވާއުޞޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމާއި ގުޅޭ

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

     އުނގޫފާރު / ދިވެހިރާއްޖެ

އިއުލާން

 

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑުވަރުވާއުޞޫލުން2 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމާއި ގުޅޭ

 

                މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ރުއްގަނޑު ވަރުވާ އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ: (IUL)303-IED/303/2023/66 (19 ޑިސެމްބަރު 2023) އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑްތަށް ބަލައިގަތުމުގައި އިދާރީގޮތުން މައްސަލަތަކެއް ހުރުމާ ހުށަހަލާފައިވާ ބިޑްތަކުގާ ލިޔެކިޔުންތައް ފުރިހަމަވެފައި ނެތްކަން ފާހަގަކުރެވިފައިވާތީ، އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

               ވީމާ، ރުއްގަނޑު ވަރުވާ އުޞޫލުން ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު 14 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރައަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑުހުށަހެޅުން އޮންނާނީ 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ބޭރުގައި " މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ މަތީ ކަނުގައި " ވަރުވާ އުޞޫލުން ރުއްގަނޑު ހޯދުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

               ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ނުވަތަ ފަރާތެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

09 ޖަނަވަރީ 2024
ހޯދާ