މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިބާވަތުގެ މަސް ޕްރޮސެސްކުރުމުގެ ބޭނުމަށް މިރަށުން ބިންދޫކުރުން

އެކިބާވަތުގެ މަސް ޕްރޮސެސްކުރުމުގެ ބޭނުމަށް މިރަށުން ބިންދޫކުރުން

                   އެކިބާވަތުގެ މަސް ޕްރޮސެސް ކުރުމުގެ ބޭނުމަށް 10 އަހަރުދުވަހުގެ މުއްދަތަށް 4 ބިން ކުއްޔަށް ދިނުމަށް ކިނޮޅަހު ކައުންސިލުން ވަނީ ނިންމާފައެވެ.

                 ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ހާޒިރުވެ މައުލޫމަތު ސާފުކުރުމަށްފަހު ޕްރޮޕޯޝަލް ހުށައެޅުން އެދެމެވެ.

  • މައުލޫމާތު ދިނުމުގެ ސެޝަން: 11 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކިނޮޅަހު ކައުންސިލްގައި
  • ޕްރޮޕޯޝަލް ހުށައެޅުން: 22 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ 10:00 ކުރިން ކިނޮޅަހު ކައުންސިލް އިދާރާއަށް

 

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

މުއްދަތު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

ވޭސްޓް ސެންޓަރގެ  ހުޅަނގު

10 އަހަރު

އެކިބާވަތުގެ މަސް ޕްރޮސެސް ކުރުމަށް

3000 އަކަފޫޓްގެ 4 ބިން

އަކަފޫޓަކަށް މަހަކު 10 ލާރި

 

                             މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 22 ޖެނުއަރީ 2024 ވާ ހޯމަދުވަހުގެ މެންދުރު ކުރި 10:00ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިޢުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

08 ޖަނަވަރީ 2024
ހޯދާ