މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހަށް ޙާފިޡަކު ގެނައުން

                       ފާއިތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މި ހިނގާ 1445 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުގައި ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ޙާފިޡަކު ގެނައުމަށްޓަކައި ކައުންސިލުން މިދަނީ މަސައްކަތްކުރަމުންނެވެ. ޙާފިޡު ގެނައުމުގެ އެންމެހާ ކަންކަމަށް ގާތްގަނޑަކަށް -/45000 ރުފިޔާ ޚަރަދުވެއެވެ.

                      ވީމާ، ޙާފިޡުގެ ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖެއްސެވުމަށްޓަކައި  އެހީތެރިކަން ނުވަތަ ސްޕޮންސަރ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 21 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ ކުރިން އިމާމް، އަލްފާޟިލް އަޙްމަދު ނިހާންއަށް އެކަން އަންގަވައި ދެއްވުން އެދެމެވެ. ނުވަތަ އެކަމަށް އެދި ހުށަހަޅާ ސިޓީ މި އިދާރާގެ ކައުންޓަރަށް ނުވަތަ މެއިލަށް [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ.

 

                      އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވާ ފަރާތްތަކުން 6600004 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

                        މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

08 ޖަނަވަރީ 2024
ހޯދާ