ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގައި ކިޔަވައި ދިނުމުގެ ފުރުސަތު: ލެކްޗަރަރ (ޞިއްޙީބައި)

(IUL)146-A1/1/2024/3:ނަންބަރު

އިޢުލާން

ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ފުރުސަތު:

   މި ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި، ތިރީގައިމިވާ ދާއިރާއިން، މައުލޫމާތު ދެއްވާނެ ލެކްޗަރާއިން ބޭނުންވެއެވެ.

މަޤާމު:

 ލެކްޗަރަރ

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ:

 ޞިއްޙީބައި (ޞިއްޙީގޮތުން ދެމަފިރިންނަށް އެނގެންޖެހޭ ކަންކަމާއި ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް.)

ބޭނުންވާ އަދަދު :

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

މުއްދަތު:

 1 އަހަރު (މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

އުޖޫރަ:

 މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

 ފެމިލީ ކޯޓު

މަޤާމުގެ ޝަރުތު:

 މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ޙާޞިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ.

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

ސުންގަޑި:

 16 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން.

އިތުރު މަޢުލޫމާތު:

 - ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ރިސެޕްޝަނަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ.

08 ޖަނަވަރީ 2024
ހޯދާ