ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                        ސްކޫލް ހެލްތު އޮފިސަރ  

ބޭނުންވާ އަދަދު:                  1 (އެކެއް)

ރޭންކް:                       ޖީ. އެސް. 4 (ޖެނެރަލް ސަރވިސް 4)

ކްލެސިފިކޭޝަން:                  އޮފިސަރ ގްރޭޑް 2

މުސާރަ:                      -/5020 ރުފިޔާ

ސަރވިސް އެލަވަންސް:              -/2500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                ބ. އަތޮޅު މަދަރުސާ

ގިންތި:                       ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:       އެޑްމިން 

އެހެނިހެން އިނާޔަތް: ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ދަރިވަރުންނަށް ސްކޫލުތެރޭގައި ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން.

2- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.

3- ހަފުތާއަކު އެއްފަހަރު، ދަރިވަރުންގެ ސާފުތާހިރުކަން ޗެކްކުރުން.

4- ޞިއްޙީ ރަނގަޅު އާދަތައް ދަރިވަރުންނަށް ކިޔައިދިނުން.

5- މުދައްރިސުންނާއި ބެލެނިވެރިން، ދަރިވަރުންގެ ޞިއްޙީ މައްސަލަތަކަށާއި ބޭނުންތަކަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުން.

6- ރަނގަޅު ކާނާއާބެހޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.

7- މާއްދާތަކުގައި ޞިއްޙީ ރިސޯސް ބޭފުޅަކު ބޭނުންވެއްޖެނަމަ އެ ޚިދުމަތް ފޯރުކޮށްދިނުން.

8- ކިޔަވައިދިނުމުގައި އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުން.

9- ސްކޫލް ހެލްތު ސްކުރީން ޕްރޮގްރާމް ހިންގައި، ރިޕޯޓް ތައްޔާރުކޮށްފައި ފޮނުވުން.

10-  ފަނީބޭހާއި، ވިޓަމިންއޭ ކެޕްސުލް ދަރިވަރުންނަށް ދިނުމާއި، އެކަމާގުޅޭ ރިޕޯޓް ތައްޔާރުކޮށްފައި ފޮނުވުން.

11-  މީގެ އިތުރުން، ސްކޫލްގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.              

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމީގޮތުން އެންމެމަތީ ފާސް ލިބިފައިވާ ފަރާތަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، އިންޓަވިއުއިން އެންމެމަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.                                    

އިންޓަވިއު ކުރުން:

ހ. އިންޓަރވިއު ކުރުން އޮންނާނީ، 8 އެޕްރީލް 2015 އާއި، 12 އެޕްރީލް 2015 އާ ދެމެދު ބ. އަތޮޅު މަދަރުސާގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mvން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ބ. އަތޮޅު މަދަރުސާގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 6 ވާ ހޯމަ ދުވަހުގެ 14.00 އެވެ.

ނޯޓް:

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ބ. އަތޮޅު މަދަރުސާގެ 6600034 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

6 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ