ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ސުޕަވައިޒަރ

މި މަރުކަޒުގެ ފަރާތުން ހިންގަމުންދާ ޤުރުއާން މުދައްރިސްކަމުގެ އެޑްވާންސް އަދި ޑިޕްލޮމާ ކޯހުގެ ޓީޕީ މިމަރުކަޒުން ކަނޑައަޅާ މިންގަނޑެއްގެ ދަށުން ސްޕަވައިޒަރުކަން ކޮށްދެއްވާނޭ ސްޕަވައިޒަރުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 5

ޝަރުޠު:      

  • ސްކޫލެއްގައި ސްޕަވައިޒަރީ ލެވެލްގައި މަދުވެގެން 3 އަހަރު އުޅެފައިވުން. ނުވަތަ،
  • ޤުރުއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހަދާފައިވުމާއެކު، ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެލަވަންސް: އޮބްޒަރވް ކުރައްވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ        

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑު ކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް މީހުން ނެގުމުގައި މީގެކުރިން ޤުރުއާން މާއްދާ އޮބްޒާރވް ކުރެއްވުމުގެ މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ