ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާން މަހުގައި ދ.މީދޫ މަސްޖިދުލް އަބޫބަކުރު އަދި މަސްޖިދުއް ޛިކުރާގައި ޙިފްޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޘުން ގެނައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމާގުޅޭ

1445ވަނަ އަހަރުގެ ރަމަޟާން މަހު ދ.މީދޫ މަސްޖިދުލް އަބޫބަކުރު ސިއްދީޤް އަދި މަސްޖިދުލް ޛިކުރާގައި ޙިފްޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޘުން ގެނައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ގެންނަން ބޭނުންފުޅުވެ ލައްވަނީ ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ފަރާތެއް ކަމުގައިވާނަމަ އެފަރާތަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ (ވާކް ޕާމިޓް) އޮތް އަދި މި ދާއިރާއާއި ގުޅޭ މުއައްސަސާއެއް ، މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރައްވާ، ޙާފިޘުކަމުގެ ސަނަދު އޮތް ފަރާތެއްކަމުގައި ވާންވާނެއެވެ. ގެންނަން ބޭނުންފުޅުވެ ލައްވަނީ ރާއްޖެއިން ބޭރުގައި އުޅުއްވާ ބޭރުގެ ފަރާތެއް ކަމުގައިވާނަމަ ބޭނުންވާނެ ލިޔެކިޔުންތަކުގެ މަޢްލޫމާތު [ ޙިފުޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުގެ ޙާފިޘުން ގެނައުމުގެ ހުއްދައަށް އެދޭފޯމު  ގައި ބަޔާން ކުރެވިފައިވާނެއެވެ. މި ފޯމު މި އިދާރާއިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުން ލިބިލައްވާނެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖެނުއަރީ 2024 ގެ ކުރިން ލިޔުމުން ޝައުޤުވެރިކަން ފާޅު ކުރައްވައި ހުށަހެޅުއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅު ކުރެއްވުމަށްފަހު ބޭނުންވާ ލިޔެކިޔުންތައް ހަމަކުރައްވައި ހުއްދަ ހޯއްދެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހުށަހެޅުއްވުމުގައި މި ކައުންސިލުން ބޭނުންވާ އެހީތެރިކަން  ފޯރުކޮށްދެވޭނެއެވެ.

25 ޖުމާދަލްއާޚިރާ 1445

07 ޖެނުއަރީ 2024

07 ޖަނަވަރީ 2024
ހޯދާ