އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

 

                              `

އޮމަދޫ ސްކޫލް

ތ.އޮމަދޫ

ދިވެހި ރާއްޖެ

އިޢުލާން

ނަންބަރު:GS-178/IUL/2024/04                                         ތާރީޚް: 07ޖަނަވަރީ 2024

 

އޮމަދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

07 ޖަނަވަރީ 2024 އިން ފެށިގެން އެއް އަހަރުގެ މުއްދަތަށް މިސްކޫލްގެ ސެކިޔުރިޓީ ބަ  ލަހައްޓައިދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

      ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،08 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

ބީލަން ހުށައަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި  "ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށް އެދި"  މިހެން ލިޔެފައި އޮންނަން ވާނެއެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6780572 އާއި ގުޅުއްވުން އެދެމެވެ.

25 ޖުމާދަލްއާޙިރާ 1445 ހ

07 ޖަނަވަރީ 2024 މ

 

 

 

 

  

07 ޖަނަވަރީ 2024
ހޯދާ