ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ތަޤުވާ މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

 މަސްޖިދުލް ތަޤުވާ މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

             މަސްޖިދުލް ތަޤުވާ މިސްކިތުގެ އެކިއެކި މަރާމާތުތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލްގައިވާ ގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ރެޖިސްޓްރޭސަން ފޯރމް ހިއްސާކުރެއްވުން އެދެމެވެ.

2

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

17 ޖަނަވަރީ 2024 ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ ގަމު ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

 

            އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 ޖަނަވަރީ 03 ވާ ބުދަ ދުވަހުން ފެށިގެން 2024 ޖަނަވަރީ 16 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 6801024 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

04 ޖަނަވަރީ 2024

04 ޖަނަވަރީ 2024
ހޯދާ