ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
އެކި ބޭނުންތަަކަށް ކުރަންޖެހޭ ޕިކަޕު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިޔަމިގިލީ ސްކޫލް

ތ. ދިޔަމިގިލި ، ދިވެހިރާއްޖެ  

                             ނަންބަރ:GS181/N-04/2024/I-01

               އިޢުލާން

އެކި ބޭނުންތަަކަށް ކުރަންޖެހޭ ޕިކަޕު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

       2024  ވަނަ އަހަރު މި މަދަރުސާގެ ކުނިއުކާލުމާއި އެކި ބޭނުންތަކަށް ކުރަންޖެހޭ ޕިކަޕު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

       ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދަސީ ހިސާބު ހުށަހެޅުއްވުން

2024 ޖަނަވަރީ 10 ވާ ބުދަ ދުވަހުގެ 10.30

2024 ޖަނަވަރީ 15 ވާ ހޯމަ ދުވަހުގެ 10.30

      މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިވިވަޑައިގަންނަވާނެއެވެ.

      ދިޔަމިގިލީ ސްކޫލް / ތ.ދިޔަމިގިލި

      ފޯން: 7755913 / 7869965

      އީމެއިލް:  [email protected]  

22   ޖުމާދަލްއާޚިރާ   1445

04   ޖަނަވަރީ     2024

 

04 ޖަނަވަރީ 2024
ހޯދާ