އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނީފީގެ ޚިދުމަތުގެ ގޮތުގައި ގޭބިސީ ތަކުންނަގާ އަގު ކުޑަކުރިކަމަށް ދެންނެވުން:

މިރަށުގެ ގޭބިސީތަކުން ކުނީފީގެ ގޮތުގައި ނަގަމުން ގެންދިޔަ އަގު 01 ޖަނަވަރީ 2024 ން ފެށިގެން ކުޑަކޮށް ކުނީފީގެ ގޮތުގައި މަހަކު -/100ރ ( އެއްސަތޭކަ ރުފިޔާ ) ނެގުމަށް  މިކައުންސިލްގެ ނަންބަރު: 352/2023/92 ( 28 ނޮވެމްބަރު 2023 ) ޢާއްމު ޖަލްސާއިން ވަނީ، ފާސްކޮށްފައެވެ.

          ވުމާއެކު، މިކައުންސިލް އިދާރާއިން ރައްޔިތުންށް ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތުގެ ތެރެއިން ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި 01 ޖަނަވަރީ 2024ން ފެށިގެން ކުނިއުކާލުމުގެ ޚިދުމަތް ހޯދަމުން ގެންދާ ގޭބިސީތަކުން ނަގަމުން ގެންދާނީ މަހަކު -/100ރ ( އެއްސަތޭކަ ރުފިޔާ ) އެވެ.

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.

03 ޖަނަވަރީ 2024
ހޯދާ