ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އެހެލާފާއިހުރި އޮޑި ދޯނިފަހަރު ބޭލުމާގުޅޭ

 

ރަށުގައި އެހެލާފާއިހުރި އޮޑި ދޯނިފަހަރު ބޭލުމާގުޅޭ!

 

މިރަށުގެ އޮޑި،ދޯނިފަހަރު އެހެލުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ( އިންޖީނުގޭގެ ދެކުނުން، ފެން ސަޕްލައިކުރާ ޢިމާރާތުގެ އިރުމަތިން އޮތް ސަރަޙައްދު ) އޮޑިދޯނިފަހަރު އެހެލާފަ ދިގުމުއްދަތަށް ބަހައްޓާފައި ހުރުމުން  މަރާމާތު ކުރުމަށް، އަދި އެމަޖެންސީ ކަމެއް ދިމާވެގެން އެހެލަންޖެހޭ އޮޑި ފަހަރު އެހެލާނެ ޖާގަ ނެތުމާއި، މިކަމުގެ ސަބަބުން އޮޑިވެރިންނަށް ވަރަށް ބޮޑަށް ދަތިވާކަންވަނީ ފާހަގަކުރެވިފައެވެ، އަދި މިއީ އޮޑިވެރިންގެ ޝަކުވާއެކެވެ.  

މިރަށު ހުޅަނގު ފަރާތާއި އިރުމަތީފަރާތު އޮޑި އެހެލުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި  މިހާރު އެހެލާފައިހުރި ހުރިހާ އޮޑި ދޯނިފަހަރު ބޭލުމަށް 6 މަސްދުވަހުގެ މުއްދަތެއް ދިނުމަށް، 2023 ޑިސެމްބަރ 13 ވީ ބުދަ  ދުވަހު ބޭއްވުނު ނައިވާދޫ ކައުންސިލްގެ 4 ދައުރުގެ 110 ވަނަ އާއްމު ޖަލްސާއިން ފާސްކޮސްފައިވާތީ، އެ ނިންމުމުގައިވާ ގޮތުގެމަތީން 2024 ޖަނަވަރީ 1 ން ފެށިގެން 06 މަސް ދުވަހުގެތެރޭގައި ހުރިހާ އޮޑި ދޯނިފަހަރެއް ބާލާ ނިންމެވުމަށް ދަންނަވަމެވެ.

މިގޮތަށް މި ހަމަޖެއްސީ އެސަރަޙައްދަށް އޮޑި ދޯނި ފަހަރު އެހެލާފަ ދިގުމުއްދަތަށް ބަހައްޓާފައި ހުރުމުން މަރާމާތަށް އެހެލާ އޮޑި ފަހަރު އެހެލާނެ ޖާގަ ނެތުމާއި، މިކަމުގެ ސަބަބުން އޮޑިވެރިންނަށް ވަރަށް ބޮޑަށް ދަތިވާތީ މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ. އަދި އޮޑިހަރުގެއާ ބެހޭ އާއްމު ގަވާޢިދު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާތީ، ގަވާޢިދުގައި އޮޑިދޯނިފަހަރު އެހެލާ ބެހެއްޓޭނެގޮތް ހިމެނިފައިވާނެކަމުގައިވެސް ދަންނަވަމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      

02 ޖަނަވަރީ 2024
ހޯދާ